ހުއްޓުވޭނެ، ހުއްޓުވާނަމޭ ” ބުނެ މުޒާހަރާ ކުރިއަސް އަދި ނުހުއްޓުވޭނެ


hutuveyne huhtuvaanan

ޖިންސީ ގޯނާގެ ވަހަކަ އަކީ މިއަދު އަޅުގަނޑުމެންނަށް އާ ވަހަކަތަކެއް ނޫނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް  އަޅުގަނޑުމެންނަށް ހަބަރުތަކުން މި އެގިގެން ދަނީ  ޖިންސީ ގޯނާގެ ޝިކާރައަކަށް ކޮންމެވެސް  މީހެއް ނުވަތަށް ކުއްޖަކު ވެގެންދާވަހަކައެވެ.

މިތާގައި އަހަރެން އަލި އަޅުވާލަން މިއުޅެނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއި ބޭހޭ ގޮތުންނެވެ. އަހަރެން ގަބޫލްކުރާ ގޮތުގައި ކުޑަކުދިން، ޖިންސީ ގޯނާ ކުރާމީހުންގެ ޝިކާރައަކަށް ވެގެންދަނީ، އެކުދިންގެ މައިންބަފައިންގެވެސް ވަރަށް ބޮޑު  އިޙްމާލަކުންނެވެ. ދަރިންބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުންނެވެ.

 މިދިޔަ ހުކުރު ދުވަހު ޒުވާނުންތަކެއް އިސްނަގައިގން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއި ދެކޮޅަށް މާލޭގައި ” ހުއްޓުވޭނެ،ހުއްޓުވާނަން ” މި ނަމުގައި ހިގާލުމެއް ބެއްވިއެވެ.

ހަމަ އެދުވަހު  ރަޙްމަތްތެރިންތަކަކާއި އެކު މަޖާ ނަގަން، އަހަރެން ދިޔައީ ހުޅުމާލެ އަށެވެ.  އިރުއޮއްސި 7:30  އެއް ހާއިރު ހުޅުމާލެ އަތިރިމާތީގައި  ޕިއްޒާ އަކަށް އޮޑަރު ކޮއްގެން ތިއްބާ، ކުއްލި އަކަށް ބައްތި ފޯނަކުން އަހަރެމެންގެ ލޮލަށް މީހަކު އަލިކުރިއެެވެ. އަހަރެމެން އެމީހާ ކައިރިން އެހިން ކާކުހޭ ތި ހޯދަނީ ؟ ޖަވާބުގައި  ބުނީ ” މަންމަ ޑިއުޓީގައި އުޅޭތީ މިތާ ބަޔަކު އުޅޭތަން ފެނުމުން އައީ” އެއީ ހުޅުމާލ ގާޒީ ސްކޫލްގައި ގުރޭޑް 2 ގައި ކިޔަވަމުންދާ އުމުރުން އެންމެ 8 އަހަރުގެ ކުޑަ ކުއްޖެކެވެ.

އަހަރެމެންް  އެކުއްޖާކައިރިން އެހިން ކޮބާހޭ މަންމަ ؟ ކޮންތާކުހޭ ޑިއުޓީ އަދާކުރަނީ ؟  އެ ދިމާލުގައި ހުރި ގެސްޓްހައުސް އެއް ދައްކާފައި ބުނީ އެތާގައި އޭ މަންމަ ހުރީ؟ އަޅުގަނޑުމެން އެ ގެސްޓް ހައުސްއަށް ދިޔައިރު އެތާ ރިސެޕްޝަންގައި އެ ކުއްޖާގެ މަންމަ ހުރިއެވެ. މަންމަ ހުރީ ވަރަށް އަވަދިނެތި ފޭސްބުކުން ގޭމްކުޅޭށެވެ.

އެކުއްޖާގެ މަންމަ ކައިރީގައި އެއްކުޖާ އަތިރި މައްޗަށް ދިޔަވާހަކަ ބުނުމުންވެސް އެހާބޮޑު ސަމާލުކަމެއް ނުދިނެވެ. އެނެއްކާވެސް އެކުއްޖާ  އަހަރެމެންގެ ފަހަތުން އައެވެ.

 އެކުއްޖާކައިރިން އެހިން ކޮއްކޮ ވަރަށް ގިނައިން މތަނަށް އެކަނި އަންނަންހޭ؟ ޖަވާބުގައި އޭނާ ބުނި މީހުން ތިބޭނަމަ އަންނަމޯ ؟ އަހަރެން އެ ކުއްޖާއަށް،  މީހުން ތިއްބަސް އެކަނި ނައުމަށް ނަސޭހަތް ތެރިވީމެވެ.

ކޮންމެ އަކަސް މިގޮތަށް އަޅުގަނޑުމެންގެ ބައެއް މައިންބަފައިންގެ ހާލަތު ހުރުމުން ކިހިނަކުންތޯ؟ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންގެ ޝިކާރައިން އެކުދިން ސަލާމަތް ކުރެވޭނީ !!   އެ ދުވަހު އެފަދަ ޝިކާރަވެރިއެއްގެ އަދަށުގައި އެ ކުއްޖާވިނަމަ ކޮބާތޯ ހަލަތަކީ؟