ކޮވިޑް ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގުރާމް އިންޑިއާގައި ފަށައިފިއެވެ. މި ޕްރޮގުރާމް އިފްތިތާޙް ކޮއްދެވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނެރެންދަރ މޯދީ އެވެ.
ރިޕޯރްޓްތަށް ބުނާގޮތުން ކޮވިޑާއި ދެކޮޅަށް ހިންގާ މިވެކްސިން ޕްރޮގުރާމުގައި އިންޑިއާގެ އާބާދީގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމުގައި،ބޭނުންކުރުމަށް ހަމަޖެހިފައިވާ ވެކްސިނަކީ މިހާރު ބޭނުން ކުރަން ހުއްދަ ދީފައިވާ ވެކްސިން ތަކުގެ ތެރެއިން، ދެ ވެކްސިނެއް ކަމުގައިވާ، ކޯވީޝިލްޑް އަދި ކޮވެކްއިން ވެކްސިންއެވެ. މި ވެކްސިންތަކުގެ މިލިއަނަށް ވުރެ ގިނަ ޑޯޒްތަށް އިންޑިއާގެ އެކި ސަރަހައްދުތަކަށް މިހާރުވަނީ ސްޕްލައިކޮށްފައެވެ.
“ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޕްރޮގުރާމް އަޅުގަނޑުމެން އިފްތިތާޙް ކުރުމުން،އަޅުގަނޑުމެންގެ ޤާބިލިއްޔަތުކަން ދުނިޔެއަށް ދައްކާލެވިއްޖެ” ކޮވިޑް ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގުރާމު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު މޯދި ވިދާޅުވިއެވެ.
މީގޭ އިތުރުން މި ވެކްސިން ޕްރޮގުރާމަށް އިންޑިއާ އޮތީ މިކަމަށް ޚާއްސަ އެޕެއްގެ އެހީގައި ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް މޯދީ ވިދާޅިވިއެވެ. އަދި އެ އެޕްގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އެންމެނަށް ވެކްސިން ޖެހިފައިވާކަން ސަރުކާރަށް ކަށަވަރުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ
އިންޑާއާ އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަމީހުންނަށް ކޮވިޑް19 ޖެހުނުކަމަށް ރިކޯރޑް ކުރެވިފައިވާ ގައުމެވެ. މިގޮތުން މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަމީހުންނަށް އިންޑާގައި ކޮވިޑް19 ޖެހިފައިވާކަމަށް ރިކޯރޑްތަކުން ދައްކައެވެ.