އެއާޕޯޓް ނިއުސް ކޮންފަރެންސް، ނޫސްވެރިކަމަށް ޝައުގުވެރިކަން ޖެހުމުގެ އަސްލު


Screenshot 2021-05-18 115722ފުވައްމުލަކު ނެރޭ އެންމެ ދުވަސްވީ އޮންލައިން ނޫސް ކަމަށްވާ މިކަލް ނޫހަށް ލިޔަންފެށީ 2009 ވަނަ އަހަރުގެ ފަހުކޮޅުގައި އެވެ.
މީގެ ތެރެއިންވެސް 2010 ވަނަ އަހަރަކީ  ހަނދާނުން ފޮހެލަން ދަތި އަހަރެކެވެ. އޭރުގެ ސަރުކާރުން ފުވައްމުލަކުގައި ތަރައްޤީ ކުރައްވަމުން ގެންދިޔަ އެއާޕޯޓުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ލަސްވަމުން ދާކަމަށް، ބުނެ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ރަށުގެ އެކިއެކި ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް އެކުލެވޭ ޓީމެެއް އުފެދިގެން ދިޔައެވެ. މި ޓީމުގެ ފަރާތުން 12 ފެބްރުއަރީ 2010 ވަނަ ދުވަހު، ދައުލަތުގެ މީޑިއާ އިން ވަގުތުން ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަލް ނޫހުގެ ފަރާތުން، ބައިވެރިވުމުގެ ފުރުސަތު ލިބިނެވެ.މިއީ ނޫސްވެރިކަމަށް އެންމެ ފުރަތަމަ ޝައުގުވެރިވި ހިސާބެވެ.