ހަންބެއްދުން- މުހިންމު ބޭނުންތެރި ހިދުމަތެއް..

ހަންބެއްދުން- މުހިންމު ބޭނުންތެރި ހިދުމަތެއް..


ފުވައްމުލަކުގެ ކޮންމެ ހިސާބަކުންވެސް ސައިކަލުގެ ހަންފަޅައިގެން ގޮސްފިނަމަ، މަގުމަތީގެ އެކި ހިސާބުތަކުގައި “ހަންބައްދައިދެން” މިހެން ޖަހާފައި ހުންނަށް ނަމްބަރުތަކަށް ގުޅާލުމުން އެއް ހުރި ތަނަކަށް ގޮސް ހަންބެއްދުމުގެ ހިދުމަތް ލިބެއެވެ.


އެހެންކަމުން ސައިކަލުގެ ހަންފަޅައިގެން ދިޔަޔަސް މާކަ ބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހެއެވެ.

ނަމަވެސް މިއާއި ޙިލާފަށް ރާއްޖެގެ އެންމެ ދުއްވާއެޗެހި ގިނަ މާލެއިން ، މިގޮތަށް, ހުރި ތަނަކަށް ގޮސް ހަންބެއްދުމުގެ ހިދުމަތެއް ނުލިބެއެވެ. މާލޭގެ ނަމަ މި ޖެހެނީ ގަރާޖަކާއި ހަމަޔަށް ސައިކަލް ގެން ގޮސް ހަންބައްދާށެވެމިކަމުގެ ސަބަބުން އެތަކެއް އަގުހުރި ވަގުތު ތަކެއް ބޭކާރުވެއެވެ.އަދި ބައެއް މިހުން އޮފީސް ގަޑިޖެހެނީވެސް މަދެއް ކޮށެއް ނޫނެވެ.

ހަންބެއްދުމުގެ މި ބޭނުންތެރި ހިދުމަތް ދެމުންގެންދާ ފުވައްމުލަކު ރައްޔިތަކު ބުނި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ދުވާލެއްގެ މައްޗަށް އަމްދަނީގެ ގޮތުގައި 1000 އާއި 2000 ރުފިޔާ ޖެހޭކަމަށެވެ. .

އިސްތިހާރު