މޯލްޑިވިައން އައިޑަލް އަކީ ﷲ ގެ މަގަގަށް މީސްތަކުން ގެނައުމަށް ކުރާ މަސައްކަތާއި ދެކޮޅަށް ފެށި ބޮޑު ހަގުރާމާއެއް


 މޯލްޑިވިއަން އައިޑަލް ބާއްވަނީ ރައްޔިތުން އެންޓަޓައިން ކޮށްދޭން ޤާނޫނު ލާޒިމް ކޮށްފައިވާތީ ކަމަށް ޕީއެސެއެމް އިން ބުނުމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮއްފިއެވެ.13083107_2207606679380042_6733796418125702898_n
މިގޮތުން އައްޝޭޙް މުހައްމަދު ޝަފީއު ވިދާޅުވިގޮތުގައި މޯލްޑިވިައން އައިޑަލް އަކީ ދީނީ އިލްމުވެރިން ﷲ ގެ މަގަގަށް މީސްތަކުން ގެނައުމަށް ކުރާ މަސައްކަތާއި ދެކޮޅަށް ފެށި ބޮޑު ހަގުރާމައެކެވެ. ” މިޔުޒިކް އަކީ ހަރާމްކަމެއްކަން މީސްތަކުންނަށް އެގި މީސްތަކުން މިޔުޒިކްއާއި ދުރުހެލި ވަމުންދާތީވެ ލަވަކިޔުންތެރިން އުފައްދައި އެކަންކަން ދިރުވައި އާލާކޮއް، ﷲ ގެ މަގުން މީސްތަކުން އެއްކިބާ ކުރުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް! މިކަން ހުއްޓުވަން ޖެހޭ ”  ޝޭޙް ޝަފީއު ވިދާޅުވިއެވެ.
 “ރައްޔިތުންގެ “އެންޓަރޓައިންމެންޓް” އޭ ކިޔާފައި  އޮރިޔާން ފިލްމުވެސް ހަނދާފާނަން ދެއްތޯ؟” ކަމަށް ބުނެ ، ޕީއެސްއެމް އިން ބުނި ބުނުމަށް ރައްދުދެއްވައި އައްޝޭހް އަލީ ޒައިދު ވަނީ ސުވާލު އުފައްދާފައިއެވެ.   “ދުނިޔެއަށް ގޮސް ހުސްވިޔަސް މީ ބޮޑުވަރު! ވަރަށް ހިތާމަކުރާކަމެއް ދައުލަތުގެ އެންމެ އިސް ބޭފުޅުންއިން ފެށިގެން އައިސް އާންމު ރައްޔިތުންގެ ގިނަ ބަޔަކުވެސް މިކަމަށް ގޮސްފައިވާތީވެ، ސަޕޯޓްކޮއް ހީވަނީ އެހެން ކަމެއްހެން. ހަރާމް ހަލާލެއް ނެތް ! ދީނެއް އަޙްލާގެއް ނެތް! ނުބައި ކަންތައް ކޮއްފައި އަދި އެކަންތަށް ދިފާއު ކުރުމަށް ދެކޮޅުނުޖެހޭ ވާހަކަތައް…! ބަލަ ތިޔަ ޤާނޫނުގަ އޮވޭ އިންގޭތޯ ޤާނޫން  އޮންނަން ޖެހޭނީ އިސްލާމްދީނުގެ އުސޫލްތަކަށޭ،އެއަށް ނުފެތޭ ޤާނޫނަކީ އުފެދުނުއިރުވެސް ބާތިލް އެއްޗެސޭ”  އައްޝޭޙް އަލީ ޒައިދު ވިދާޅުވި އެވެ.