ގޯހީ ފުވައްމުލަކު ފެނެކައިގެ ފުވައްމުލަކު ބްރާންޗްތައް ؟ ނޫނީ މެއިން ބުރާންޗްތައް؟


ފުވައްމުލަކު އިރު އިރުކޮޅާ ކަރަންޓު ކެނޑުމުން ދާތީ ފުވައްމުލަކު ރައްޔިތުންވަނީ ރަތައް އަރާފައި އެވެ. ފާޑު ކިޔާ ގިނަ މީހުންގެ ފާޑު ކިޔުންތަށް އަމާޒުވެފައިވަނީ ފެނަކައިގެ ފުވައްމުލަކު ބްރާންޗަށެވެ .
ސަބަބުތަކެއް ނެތިއެއް ނޫނެނެވެ . އެތަކެއް މެނޭޖަރުންނާއި ސްޕައިވައިޒަރުން ލައިގެން ފެނެކައިގެ ފުވައްމުލަކު ބުރާންޗް ހިންގަމުން އަންނައިރު މިފަދަ ކަމެއް ދިމާވުމުން ، އިގިލި ދިއްކުރެވޭނީ ހަމަ އެބޭ ފުޅުންނަށެވެ.
އެހެންނަމަވެސް ފެނެކައިން ފުވައްމުލަކުގައި ކުރަމުންގެންދާ  ކަރަންޓު ފޯރުކޮއްދިނުމުގެ  ވިޔަފާރީގައި، ފުވައްމުލަކުން  ފުވައްމުލަކުން  ފޮނުވި ހާލަތު ބަޔާންކޮއް ފުވައްމުލަކު ފެނެކަ ބްރާންޗަށް ބޭނުންވާ ބައެއް ސަމާނު ފޯރު ކޮއްދިނުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ނިމާލް ގެ އިހްމާލުވުމައި ފަރުވާ ކުޑަކަމުން ދިމާވެގެން އުޅޭ ކަމެއްކަމަށް ބައެއްފަރާތްތަކުން ދެކެއެވެ . ފެނަކަ ފުވައްމުލަކު ބްރަންޗް އިން ފެނެކަ ކޯޕަރޭޝަން އަށް ފުވައްމުލަކު އިންޖީނުގޭގެ ހާލަތު ބާޔާންކޮއް ބޭނުންވާތަކެތި ހޯދުމަށް އެދުނު ލިޔުން އާންމުވެފައި ވުމުން މިކަމަށް އިތުރަށް ބާރު ލިބެއެވެ.
13406757_10153887951477261_4131029558227026260_n