Farah Eri Boatu Jurimaana kohffai libey Faisaa Heydha Kuranjeheyney Fuvahmulakah !!


l_14736904171

މިރަށު ފަރަށް އެރި ބޯޓުގެ ސަބަބުން މިރަށުގެ ފަރަށް ލިބުނު ގެއްލުންތަށް މިހާރު ބަލަމުންދާ އިރު ، މި ބޯޓު ބޮޑު އަދަދަކުން ޖުރިމައިނާކޮށް ފިޔަވަޅު އަޅާނެއެވެ. އަދި މި ބޯޓުގައި ހުރި ހިލަތަށް ވަކި މައްސަލައެއްގެ ގޮތުގައި ބަލައި އެ ހިލަތަށް މޫދަ އެޅުމުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯދާނެކަމަށް އެންވާރމެންޓް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ހާމަކޮއްފައެވެ.
މިރަށު ފަރައެރި ބޯޓުން ޖުރިމައިނާގެ ގޮތުގައި ދައްކާ ހުރިހާ ފައިސާ އެއް ހޭދަކުރަންޖެހޭނީ ފުވައްމުލަކުގެ މި ނަޒުކު ފަރުތަކާއި ގޮނޑުދޮއް ހިމަޔާކުރުމަށެވެ. ގެއްލުންވީ ފުވައްމުލަކުގެ ފަރަށެވެ! ދަ ގްރޭޓް މާލޭގެ ފަރަކަށް ނޫނުެވެ. އެހެންވީމަ ޖުރިމައިނާގެ ގޮތުގައި ސަރުކާރުން ނަގާ ހުރިހާ ފައިސާ އެއް މިކަމަށް ހޭދުކުރުމަށް ފުވައްމުލަކު ރައްޔިތެއްގެ ޙައިސިއްޔަތުން ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.
Advertisements