ދޮގު ވައުދު ވުމުގެ މޫސުން ދިވެހިންނާއި ބައްދަލުކޮށްފި


ކޮންމެ އިންތިހާބަކާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން އިންތިހާބު ކާމިޔާބުކުރުމަށް ތަފާތު ގިނަ  ވައުދަތަކެއް ރައްޔިތުންނަށް ވަމުންދެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ވައުދުތަށް ފުއްދުމުގެ އެއްވެސް އިހްލާސްތެރިކަމެއް ސިޔާސީ މީހުންގެ ނުހުރެއެވެ. އެމީހުންގެ ހުރިހާވެސް ފޯކަސް ނުވަތަ އަމާޒަކަށް ވެފައިވަނީ ކޮންމެ ފަދަ ވައުދެއް ރައްޔިތުންގެ ކައިރީގައި ވުމަށްފަހުވެސް އިންތިހާބު ކާމިޔާބު ކުރުމެވެ.
ކުރިޔަށް އޮތް ލޯކަލް ކުއުންސިލް އިންތިހާބު މިވަނީ ބޯމަތިވެފައި އެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބައެއް ކެންޑިޑޭޓުން މިވަނީ އިއުލާންކޮށް، ކެމްޕެއިންފަށާފައި އެވެ. އެހެންކަމުން މި ދުވަސްވަރަކީ ތަފާތު އުުކުޅުތަށް ބޭނުންކޮއްގެން ރައްޔިތުންގެ ބޮލަށް ސަވާރުވެގެން އިންތިހާބު ކަމިޔާބުކުރުމަށް  މި ކެންޑިޑޭޓުން މަސައްކަތް ކުރަމުންގެންދާ ދުވަސްކޮޅެކެވެ. އަސްލު ކެންޑެިޑޭޓުން ކަމަށް ބުނެ  500 ރުފިޔާގެ ސިޓީ އުރަ ބަހަމުންދާނެ ދުވަސްވަރެވެ.
އެހެންނަމަވެސް ރައްޔިތުން، އެ ރައްޔިތުންގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަންޖެހެއެވެ. މީހަކު އަދި ވައުދެއްވިޔަސް، އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އެ ވައުދަތަށް ފުއްދާނެކަމަށް ޤަބޫލްކޮށްގެންނުވާނެއެވެ. އޭގެ ބަދަލުގައި އެ ވައުދުވާ ކެންޑިޑޭޓަކީ ވާ ވައުދު ފުއްދޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބަލަންޖެހެއެވެ. އަދި ވަގުތީ މަލީ ކުޑަކުޑަ މަންފާއަކަށް ތިބާގެ ވޯޓު ދިނުމުގެ ހައްޤު ވިއްކާނުލައްވާށެވެ. އޭގެ ހިތި ނަތީޖާ ތިބާ އާއި ފަހުން އަރާ ހަމަކުރާނެ ކަމީ މިއަދު ފެންނަން އޮތް ހަޤީގަތެވެ

ވަގުތު ފާއިތުވުމުގެ ކުރީން މިކަމާއި މެދު ވިސްނާލަން ވީ ނޫންތޯ ؟

Advertisements