Fuvahmulak Nisbaiyvaa Meehaku Sarukaaru gai Hurumun Fahuruveri vun Haqqu tho ?


road of fuvAHMULAH

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން  ބުނަމުން ގެންދާ އެއްވާހަކަ އަކީ ސަރުކާރުގެ މަތީ މަގާމެއްގައި މިރަށު މީހަކު ހުރުމަކީ ފުވައްމުލަކަށް ލިބޭ މަތިވެރި ޝަރަފަކާއި ދަރަޖައެއް ކަމަށެވެ !  އެހެންނަމަވެސް  އަހަރެންގެ ހިޔާލު މިކަމުގައި މުޅިން ތަފާތެވެ!  މި ރަށު މީހަކު ސަރުކާރުގެ އިސް މަޤާމެއްގައި ހުރުމުން  ހަމަގާއިމުންވެސް  ލަދުގަންނަ މީހުން  ރޯލް ކޯލް ވޯޓެއް ނަގާލި ކަމުގައިވިޔަސް  ގިނަވާނެކަމަށް ޤަބޫލްކުރަމެވެ.

ސަބަބުތަކެއްވެސް ނެތި އެއް ނޫނެވެ ! މިރަށަށް ނިސްބަތްވާ މީހަކު ހުރެގެން މިރަށައް އައީ ކޮންތަރައްޤީއެއް ތަމައްދުނެއްތޯއެވެ ! އެ ބޭފުޅުން ބަލަނީ އެބޭފުޅުންގެ އައްމިލައް ޖީބު މުއްސަނދި ކުރުމާއި އަމިއްލަ މަސްލަހަތު ޤާނޫނު މުގުރާލާފައި ނަމަވެސް އިސްކުރާށެވެ.

މިހެން ބުނީމައި ބައެއް މީހުން ބުނެފާނެ  ފެނާއި ނަރުދަމާގެ މަސައްކަތާއި ބޯހިޔާވަހިކަމުގެ ފްލެޓްތަށްވެސް އެދަނީ ފައްކާވަމުންކަމަށެވެ. އެއީ ފަހުރުވެރި ފުވައްމުލަކު ދަރިއެއް ސަރުކާރުގެ އިސްމަގާމެއްގައި ހުރެގެން ވަމުންދާ ކަންކަންކަމަށެވެ.

ދަންވަންތޯއެވެ !  ސަރުކާރުގެ ނުފޫޒްގަދަ މަގާމެއްގައި މިރަށުގެ  މީހަކު ހުރިކަމުގައި ވިޔަސް ފުވައްމުލަކު ތަރައްޤީއަށް  އެބޭފުޅުން އިޙްލާސްތެރިކަމާއި އެކު މަސައްކަތެއް ނުކުރެޔޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ވާނެކަމަކަށް ޤަބޫލުކުރަން ވަރަށް ދަތިއެެވެ.

އެހެން މަސައްކަތް ކުރާނަމަ ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބި ބައެއް ބޭފުޅުންގެ ރަށައް އެ ބޭފުޅުންގެ ނަމުންނަމަ ގޫގުލް ސްޕީޑްގައި  ތަރައްޤީ އަންނަ ގޮތަށް، މި އެކިހެރިކޮށް އޮތް އެކަނިވެރި ރަށަށް ވެސް އެ ސްޕީޑުގައި ތަރައްޤީ ނުވަތަ  ބައެއް ފުވައްމުލަކު މީހުންގެ ބަހުންނަމަ ” އެއްލާގެން އޭ ތަރައްޤީ ކަށަވަރޮ ” ވާން ޖެހޭނެއެވެ.

 

މީހަކުދެ އެހެން މީހަކު ފަހުރުވެރިވާން ޖެހޭ އެއް ސަބަބަކަށް ވާންޖެހޭނީ ރައްޔިތުންގެ ހާލުބަލައި ރައްޔިތުންނާއި އެންމެ ގާތުން ރައްޔިތުންގެ ވިންދާއި އެއްގޮތަށް މަސައްކަތްކުރުމެވެ.

ފަހަރެއްގައިވެސް ތިމަޔާށް ލިބިފައިވާ މަޤާމުގެ ނާޖައިޒް ފަދާ ނަހަމަގޮތުގައި ނަގައި ގަދަބާރުން ރައްޔިތުންގެ ވިންދާއި ދެކޮޅަށް  މަސައްކަތްކުރުމަކީ ފަޙުރުވެރިވާންޖެހޭ ސަބަބެއް ނޫނެވެ.

Advertisements