Kunooz Dharumatheen Fenamun midhaney Verikameh Nimen ulhey kamuge Alaamathe Noonba?


c9smrzvuiaakkfmޖުމްހޫރީ ޕާޓީގެ މައި އަޮފީސް ހުންނަ މ.ކޫނޫޒްގެ ދަރޮމަތީން ފެންންމުން އެދަނީ  އަނެއްކާވެސް ވެރިކަމެއްގެ ނިމުން އަންނަމުންދާ ކަމުގެ އަލާމާތްތަކެއް ކަމަށް ބެލެވެއެވެ.

ގުޅިފައިވާ އިއްތިޙާދުން ސިލްސިލާ ކޮށް މ.ކޫނޫޒްގައި ޖަލްސާތަށް ބާއްވަމުން ދަނިކޮށް ހަމަ ކުއްލިއަކަށް  ކުނޫޒް ހުންނަ މަގު ބަންދުކޮށް  އެ މަގު ހެދުމުގެ މައްސަކަތް ފަށައިފިއެވެ. މިކަން އިދކޮޅު ފަރާތްތަކުން ސިފަ ކުރެއްވަނީ ކުނޫޒްގައި ޖަލްސާތަށް ބެއްވަމުންދާތީވެ ސަރުކާރުން  ގޮތް ހުސްވެގެން ޖެއްސުންކުރުމުގެ ގޮތުން ކުރާކަމެއްގެ ގޮތުގައިއެވެ.

ކުނޫޒް ކުރިމަތީގަ ކުރިޔަށް ގެންދަނީ ބުރިޖް ޕްރޮޖެކްޓަށް ވުރެ ބިޔަ ބޮޑު ޕްރޮޖެކްޓެއް ކަމަށް ބުނެ އާންމުން ޖޯކު ޖަހަމުންދާއިރު، މިކަމާއި މެދު މާޒީއަށް ކަޅިއެއް ހިންގާލުމަށް ފަހު ވިސްނާލަމާތޯ ؟

އެމްޑިޕީ ވެރިކަމުގެ ފަހުކޮޅަށް ޖެހިލަމާތޯއެވެ ؟  އޭރުގެ އިދިކޮޅު ފަރާތްތަކުން، ސަރުކާރާއި ދެކޮޅަށް، އެމްއެމްއޭ ސަރަހައްދަށް ޖަމާވެ ސިލްސިލާކޮށް  މުޒާހަރާކޮށް އިޙްތިޖާދު ކުރަން ފެށުމުން، އެ ސަރަހައްދު ތަރައްޤިކުރުމަށް ކަމަށް ބުނެ، އެ ސަރަހައްދުގެ ބޮޑުބައެއް ޓިނު ޖަހައި ވަނީ ބަންދުކޮށްފައެވެ.

 

އޭގެ ފަހުން މާގިނަ ދުވަހެއް ނުވެ ،އެ ވެރިކަން ނިމިގެން ދިޔައެވެ. އަނެއްކާވެސް ކުނޫޒް ކުރިމަތީން ތަކުރާރު ވަމުން މިދަނީ އެފަދަ މަންޒަރެކެވެ.

އަނެއްކާ މިއީ މިސަރުކާރުގެ ނިމެން އުޅޭ ކަމުގެ  އަލާމާތެއް ނޫންބާ؟

Advertisements