Mee Keekuran Bahataafai Huri Fulhi Thakeh kan Ingey tha ?


l_14669301101

މިރަށުގެ ކޮންމެ ގެއެއްގެ ފާރު މަތީގައި ކަހަލަ ގޮތަކަށް 5 ލީޓަރު ގެ ފެންފުޅިތަކެއް ސަފަކަށް ވަނީ އަތުރާލާފައި އެވެ. މި ފެންފުޅިތަށް ފެނުމުން އެންމެ ފުރަތަމަވެސް އުފެދުނު ސުވާލަކީ މީ ކީއްކުރަން ކޮން ބޭނުމެއްގައި ބަހައްޓާފައި ހުރި ފުޅިތަކެއްތޯ އެވެ.

ބައެއް ގޭގޭގެ ފާރު މަތީގައި އަތުރާލާފައި ހުރި ފުޅިތައް ފެނުމުން ކަމުގެ ހަޤީގަތް ނޭގޭ މީހަކަށް ވާނީ ބޮޑު ޖޯކަކަށެވެ. ޚުދު އަހަންނަށްވެސް މިކަން ވީ ބޮޑު ޖޯކަކަށެވެ. އެހެންކަމުން މިކަމުގެ ބޭނުމާއި ހަޤީގަތް ހޯދުމަށް މަސައްކަތް ފެށީމެވެ.

ފާރުމަތީގައި ސަފަކަށް އަތުރާލާފައިވާ ފުޅިތަކާއި ބެހޭގޮތުން މި ރަށު ބައެއް މީހުންނާއި ސުވާލު ކޮށްލީމެވެ. އެ މީހުން ބުނީ އެއީ ފުރާޅު މައްޗަށް ބުޅާ އެރުނަ ނުދޭންވެގެން ކޮއްފައިވާކަމެއް ކަމަށެވެ. “މި ގޮތަށް ފާރު މަތީގައި ފުޅި އަތުރާފައި ހުރުމުން، ބުޅަލަށް ފާރު މައްޗަށާއި ފުރާޅަށް އަރަން އުދަގޫވާނެ ” ރަށުގެ މީހަކު ކިޔައިދިނެވެ.

މިހާރަކަށް އައިސް މިގޮތަށް ފުޅިފުޅިއަށް ފެންއަޅައި ގޭގޭގެ ފާރުމަތީގައާއި ގެ ވަށައިގެން ނުބަހައްޓާ ގެއެއް މަދެއްނޫނޭވެސް ބުނެވިދާނެއެވެ.ވާނީވެސް އެހެންތާއެވެ.ބުޅަލުގެ އުނދަގުލުން ސަލާމަތް ވުމަކީ މިހާރު އުނދގޫކަމަކަށް ވަނީ ވެފައެވެ.

ބުޅަލުގެ އުދަނގުލުން ސަލާމަތްވުމަށް އަމިއްލައަށް އީޖާދު  ކުރި މި ވަސީލަތަކީ ވަރަށް ކާމިޔާބު ވަސީލަތެއް ކަމަށް މި ރަށުގެ މީހުން ބުނެއެވެ. އެހެން ނަމަވެސް މިއީ ސާދާ ކާކު އިޖާދުކުރި ހިޔާލެއްކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ.