އަޅުގަނޑުމެން ބޭނުމެއް ނުވޭ އުތުރު ދާއިރާ މަސީޙްގެ އަޅުވެތި ކަމުގައި އޮންނާކަށް



ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތެރި މެމްބަރ. އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ތިންވަނަ ފަހަރަށް ވެއްދި މައްސަލާގައި އަހަރެން އެ ދާއިރާއަކަށް ނިސްބަތްވާ ފުވައްމުލަކު އުތުރު ދާއިރާގެ އިއްޒަތެރި މެމްބަރ އަލީ ޝާޙު ވަނީ ސޮއިކޮއްފައެވެ.
ޝާހު މަޖްލީހުގެ ރައީސް އާއި މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ސީދާ ސަބަބެއް ނޭގުނު ކަމުގައި ވިޔަސް،   ޕީޕީއެމްގެ އުތުރު ދާއިރާގެ ބައެއް އެކްޓިވސްޓުން ބުނާ ގޮތުގައި  މަޖްލީސް ރައީސް މަސީޙް ފުވައްމުލަކު އުތުރު ދާއިރާ އާއި މެދު ވަރަށް ބޮޑެތި ތަފާތު ކުރުންތަށް ގެންގުޅޭ ކަމަށާއި،ޝާހު ދާއިރާއަށްޓަކައި ކުރަން ބޭނުންވާ އެއްވެސް ކަމަށް ފުރުސަތު ނުލިބޭކަމަށެވެ.

“މެމްބަރ ޝާހު ގެ ނިންމުމަކީ ރަނގަޅު ނިންމުމެއް! އަޅުގަނޑުމެން ބޭނުމެއް ނުވޭ އުތުރު ދާއިރާ މަސީޙްގެ އަޅުވެތި ކަމުގައި އޮންނާކަށް ”  އުތުރު ދާއިރާގެ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކޮށްފައިވާ ޓުވިޓެއްގައި ވެއެެވެ.

މީގެ އިތުރުން ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހިމް ސައީދު، ޝާހުއަށް ސާބަސް ދަންނަވައި، ވިދާޅުވެފައިވަނީ މެމްބަރ ޝާހު ގެ ނިންމެވުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. އަދި  މަސީޙް ވަކިކުރަންޖެހޭ ކަމަށް މުޅިދާއިރާވެސް  ގަބޫލްކުރައްވާ ކަމަށެވެ.

 

Advertisements