FAM Ge EXCO in Mp Shaah Vaki Kohffi !! ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ އިއްޒަތެރި މެމްބަރ އަލީ ޝާހު އެކްސްކޯއިން މިއަދު ވަކިކޮށްފި އެވެ.

ޝާހުގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރު ހުސެއިން ޝަހްދީ  އަދި އަބްދުﷲ އަހްމަދު ވެސް މިއަދުވަނީ ވަކިކޮށްފައެވެ.

މި 3 ތިން މެމްބަރުން އެކްސްކޯއިން ވަކިކޮށްފައި މިވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް މަސީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލަގައި މި ތިން މެމްބަރުން ސޮއިކުރައްވައި އަދި. ވެރިކަންކުރާ ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައިއެވެ. 

Advertisements