Faisal Foundation in Hadhiyaa kuri Life Buoy Ring thakuge Eh’heygai 5 Meehaku Salaamah kohffi !!


l_15191281881އިއްޔެއް ފުވައްމުލަކު ރަސްގެފަންނު ސަރަހައްދަށް މުދަށް އެރިއުޅުމުގެ ތެރޭގައި ގެބުނު 5 މީހަކު ސަލަމަށްކޮށްފިއެވެ.އެގިފައިވާ ގޮތުގައި މި 5 މީހުންނަކީވެސް،ދަނޑިމަގު އަވަށައް ނިސްބަތްވާ މީހުންނެވެ.ގެބުނު 5 މީހުންގެ ތެރެއިން، އެކަކު މިކަލް ނޫހާއި ވަހަކަ ދައްކަމުން ވިދާޅުވި ގޮތުގައި އެމީހުންގެ ފުރާނަ އިއްޔެ ސަލާމަތް ކުރެވިފއިވަނީ، އެ ސަރަހައްދުގައި ތިބި ބަޔަކު، ފައިސަލް ފައުންޑޭޝަނުން ހަދިޔާ ކުރި ލައިފް ބޯއި ރިންގްތަކެއް ހިފައިގެން ގޮސްކަމަށެވެ.

” ފައިސަލް ފައުންޑޭޝަނުން ހަދިޔާކުރި ލައިފް ބޯއި ރިންގު ތަކުގެ އެހީގައި ، އެ ސަރަހައްދުގައި ތބި 3 ފިރިހެނަކު އަޅުގަނޑުމެން ސަލާމަތްކުރީ، އެ ލައިފް ބޯއި ރިންގްތަށް ނެތް ނަމަ އެމީހުންނަށްވެސް، އަޅުގަނޑުމެން ސަލާމަށް ކުރަން އުދަގޫވީސް ” އިއްޔެގެ ހަދިސާގައި ސަލާމަތްވީ މީހަކު ކިޔައިދިނެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައިވެސް ފުވައްމުލަކު މަނޭރޭ ސަރަހައްދަށް މުދަށް ގޮސް އުޅުމުގެ ތެރޭގައި ގެބުނު ސްރީލަންކާގެ ރައްޔިތަކުވެސް، ފައިސަލް ފައުންޑޭޝަނުން އެ ސަރަހައްދުގައި ހަރުކޮށްފައިވާ ލައިފް ބޮއި ރިންގުގެ، އެހީގައި ބަޔަކު ވަނީ ސަލާމަތް ކޮށްފައެވެ.

މިކަމާއި ގުޅިގެން ފައިސަލް ފައުންޑޭޝަނުން ހާމަކުރެއްވި ގޮތުގައި، ފުވައްމުލަކު ގައި މިފަދަ ހާދިސާތަށް އިތުރުވަމުންދާތީވެ، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އާންމުކޮށް ގިނައިން މޫދަށް މީހުން އެރިއުޅޭ ސަރަހައްދުގައި އިތުރު ލައިފް ބޮއި ރިންގްތަކެއް، ވަރަށް އަވަހަށް ބަހައްޓާނެ ކަމަށެވެ.

ފައިސަލް ފައުންޑޭޝަނުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި، ފުވައްމުލަކުގެ އިތުރުން ކަށިދޫ އަދި ގާފަރަށްވެސް ލައިފްބޮއި ރިންގްތަކެއް ހަދިޔާކޮށްފައެވެ. މީގެ އިތރުން،ފުވައްމުލަކަށް އަރާ ފޭބުމުގައި،ނުރައްކާތެރި ހަދިސާތައް ހިގަމުންދާތީވެ 1998 ވަނަ އަހަރުގެ ތެރޭގައި ފައިސަލް ފައުންޑޭޝަންގެ ފައުންޑަރ ފައިސަލް ނަސީމް ވަނީ ފުވައްމުލަކު ބޮއްކުރާ ފަހަރަށް ލައިގެ ޖެކެޓްވެސް ހަދިޔާކޮށްފައެވެ.

ފައިސަލް ފައުންޑޭޝަނަކީ ފުވައްމުލަކުގައި ތަފާތު އެކި އެކު އިޖްތިމާއީ ހަރަކާތް 1986 ވަނަ އަހަރުން ފެށިގެން މިދެކެނޑުމެއް ނެތި ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ.

 

Advertisements