fuvahmulah

Fvm Rayyithun Beynun vaney Raiygirumuge Massala ah Hahlleh ! Kulhi Tharaqee kurumeh Noon ! – ACC


diffxwbw0aamcmiފުުވައްމުލަކު ސިޓީގެ 63 އިންސައްތަ  ރައްޔިތުން، ދެކޭ ގޮތުގައި، އެ ރަށަށް  އެންމެ މުހިންމުކަން ދޭންވީ، ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) އިން ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ރާއްޖެގެ ފުރަތަމަ އިޖުތިމާޢީ އޮޑިޓުން ހާމަވެއްޖެއެވެ.

އެސީސީއިން ކުރި މިދިރާސާ ކޮށްފައިވަނީ ވަރލްޑް ބޭންކްގެ ހިލޭ އެހީގައި ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ދަށުން ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި ކުރިއަށްގެންދާ އިކޯ-ފެސިލިޓީ ޤާއިމުކުރުމުގެ މަޝްރޫއާއި ގުޅޭގޮތުންނެވެ.

“މީގެ އިތުރުން 23 އިންސައްތަ ބޭނުންވަނީ ރަނގަޅު ފެންވަރަކަށް ރަށުގެ މަގުތައް ހެދުމަށެވެ. ރަށުގެ ކުޅި ތަރައްޤީކުރުމަށް ފެންނަކަމަށް ބުނެފައިވަނީ އެންމެ ފަރާތެކެވެ. އެހެންކަމުން ކުޅި ތަރައްޤީކުރުމަށް ނިންމި ނިންމުމަކީ ދައުލަތުގެ އިދާރާތަކުން ރަށުގެ އާންމު ރައްޔިތުން އިސްކަންދޭ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލާ ހިންގަމުންދާ މަޝްރޫޢެއްކަމަށް ފާހަގަ ކުރެވުނެވެ. “ އެސީސީގެ ދިރާސާ ރިޕޯޓުގައިވެއެވެ.
ރަށްރަށުގައި މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންގެ ބޭނުންތަކަށް އެޑްރެސް ކުރެވިގެން އެވަގުތަށް ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަން ހާސިލުކުރުމަށް މަޝްރޫޢުތައް ރޭވުމުގެ މުހިންމުކަން މި ދިރާސާއިން ފާހަގަކުރެވުނު ކަމަށް  އެސީސީއިން ހާމަކުރެއްވިއެވެ.

“ފުވައްމުލަކުގައި ކުރިއަށްދާ މިމަޝްރޫޢުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނެތްކަން ދިރާސާގައި ފާހަގަކުރެވުނެވެ. ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 2010/7) އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން ސިޓީ ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ރަށުގައި ހިނގާ ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު ސަރުކާރުގެ މިނިސްޓްރީތަކުން ހޯދައި އެކަންކަން ރައްޔިތުންނަށް ހާމަކުރަންޖެހެއެވެ. ނަމަވެސް ސިޓީކައުންސިލަށް އެކަންކަން ހިއްސާކުރުމަށް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުދޭކަން ފާހަގަކުރެވުނެވެ. ” އެސީސީގެ އިޖްތިމާއީ އޮޑިޓް ރިޕޯޓުގައި ވެއެވެ.

 

އިސްތިހާރު