Raees Maumoon ah Marudhin, Fuvahmulaku Meehun miadhu eh Manikufaanu ge Dhifaau gai Chuppu ves Bunan nukerifai ?

Raees Maumoon ah Marudhin, Fuvahmulaku Meehun miadhu eh Manikufaanu ge Dhifaau gai Chuppu ves Bunan nukerifai ?


img_1002

ރައީސް މައުމޫނަށް މަރުދޭ މީހުން،  އެ މިނކުފާނުގެ ރަން 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ފުވައްމުލަކުގައި ވަރަށް ގިނައެވެ. ސަރުކާރު ގެ އިސްމަގާމުތަކުގައި ތިއްބެވި، ގިނަ ފުވައްމުލަކު މީހުންނަކީ ރައީސް މައުމޫނުގެ މަދަދާއި އެހީތެރިކަމުގައި އެ މަގާމަށް އައިސްފައިތިބި މީހުންނޭ ބުނިކަމުގައި ވިޔަސް، ދޮގަކަށް ނުވާނެއެވެ.

އެހެންނަމަވެސް، އެ މަނިކުފާނުގެ މިންނެތް  ބުރަ މަސައްކަތުން ވެރިކަމަށް ގެނައި، އެމަނިކުފާނުގެ  އެއްބަފާ ކޮއްކޯފުޅު އެމަނިކުފާނު އެކަހެރިކޮށް، ފިޔަ ކޮށާލައި، 1 އަހަރާއި 7 މަސް ދުވަހަށް  ޖަލަށް ލާން ހުކުމް ކުރި އިރު ،ކުރީން  ރައީސް މައުމޫނަށްޓަކައި ފިދާވި، ފުވައްމުލަކު މީހުންގެ އަގައިން ޗުއްޕެއް ވެސް ބުނަން ނުކެރި، އެކަން  ވަރިހަމަ ކޮށްލާފައި  މިތިބެނީ ކޮން ސަބަބުތަކަކާއި  ހުރެތޯ؟ އަމަނިކުފާނުގެ ހައްގުގައި  ތެދުވެއްޖެނަމަ،  ލިބިފައިވާ ވަޒީފާ ނުވަތަ ލިބެމުން އަންނަ ނާޖައިޒް މަންފާތައް، ނުލިބިދާނެ ތީތޯ..

ފުވައްމުލަކުގައި ތިބި ރައީސް މައުމޫނަށް ސަޕޯޓުކުރި ރައްޔިތުންނޭވެ! ތި ރައްޔިތުންނަށް، މިއަދު ރައީސް ޔާމީނު ވަރުގެ ވެރިޔަކު ނެތިގެން އުޅޭއިރު، ތި ރައީސެއް،  ތި ރައްޔިތުންނަކަށް ހެވާއި ލަބަޔަށް އެދޭނެކަމެއް ހަމަ އެއްގޮތަކަށް ވެސް ވިސްނައިގެން ނުވާނެއެވެ. ހެޔޮ އެދޭނެ ނަމަ، އުމުރުފުޅުން 80 އަހަރުން މައްޗަށް ގޮސްފައިވާ، ތީމާގެ ބާފާގެ މަގާމުގައި، މިއަދު ދުނިޔޭގައި ހުރި ހަމައެކަނި މީހާ އަށް،އެހާ އިހާނާތްތެރިކޮށް ބޭއިންސާފުން ކަންތަކެއް ނުކުރާނެއެވެ.

    
އިސްތިހާރު