Fuvahmulah Rayyithun Fly kuran Beynun vaney Flyme in !


22089025_1532117200158868_4618049464782429812_nފުވައްމުލަކު ރައްޔިތުން އެންމެ ބޭނުންވަނީ ފުލައިމީއިން ދަތުރުކުރަން ކަމަށް، ފޭސްބުކް ޕޭޖެއްކަމަށްވާ “ފުވައްމުލައް ސިޓީ ” އިން ކުރިޔަށް ގެންދިޔަ، ހިޔާލު ހޯދުމުގެ ޕޯލަކުން ހާމަވެއްޖެއެވެ.

މި ޕޯލުގައި އަހާފައިވަނީ “ފުވައްމުލަކު ރައްިޔުތުން އެންމެ ބޭނުންވަނީ ކޮން އެއާރލައިންއެއް؟ މިހެންނެވެ. އަދި އިހްތިޔާރީ ޖާވަބުގެ ގޮތުގައި ފަލައިމީ އަދި މޯލްޑިވިއަން ހިޔާރުކުރަމަށް އެދިފައިވެއެވެ.

މި ޕޯލުގައި ބައިވެރިވި 1000އަށް ވުރެ ގިނަމީހުން، އިންސައްތައިން ބަލާނަމަ %89 މީހުން ބުނެފައިވަނީ  އެމީހުން ދަތުރުކުރަން ބޭނުންވަނީ، ފަލްއިމީއިން ކަމަށެވެ.

އަދި  މޯލްޑިވިއަން ކަމަށް ބުނެފައިވަނީ ޕޯލްގައި ބައިވެރިވި މީހުންގެ %11 އިންސައްތަށް މީހުންނެވެ، އެއީ 143 މީހުންނެވެ.

ފުވައްމުލަކު ރައްިޔުތން ފަލްއިމީ އިން ދަތުރު ކުރަންބޭނުންވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިހާރު ފުވައްމުލަކަށް ދަތުރކުރާ ހަމައެކަނި އެއާރލައިން، މޯލްޑިވިއަންގެ ޓިކެޓްގެ އަގު އިންތިހާއަށް ބޮޑުވުމާއި، ފަލްއިޓްތަށް ޑިލޭވުމާއި އަދި ކެންސަލް ވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަދި ބައެއްފަރާތަކުން ދެކޭގޮތުގައި  2 އެއާރލައިނެއް، ފުވައްމުލަކުށް ދަތުރު ފަށައިގެން،މެނުވީ ޓިކެޓްގެ އަގަށް ބަދަލެއް ނާންނާނެއެވެ.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FTheFuvahmulahCity%2Fposts%2F2252018864838796&width=500

Advertisements