ރައްޓެހިންނަށް ދޭންވީ ލޯނުތަ؟ ހަދިޔާތަ؟


should-not-lend-money-friends-family-1068x713-1ބައެއް ފަހަރު އަހަރެމެން އަތްމަތި ދަތިވީމަ ރައްޓެހިން ނުވަތަ ގާތްމީހުންގެ އަތުން ފަހުންދޭގޮތަށް ފައިސާ ހޯދައެވެ. އެހެން ނަމަވެސް މާލީ ތަޖުރިބާކާރުން ބުނާގޮތުގައި، މި އާދައިން އަހަރެމެން ދުރުހެލި ވާންޖެހެއެވެ.މިކަމުގެ ސަބަބުން ކިތަންމެ ވަރުގަދަ ގުޅުމެއްވެސް ހީނަރުވެދާނެއެވެ.

އެމެރިކާގައި 2019 ވަނަ އަހަރު ކުރި ސާރވޭއަކުން ދައްކާ ގޮތުގައި އެ ގައުމުގެ %60 މީހުން، ފަހުން އަބުރާ ދައްކާނެ ކަމުގެ އުއްމީދުގައި، ރައްޓެހިންނާއި ގާތްތިމާގެ މީހުންނަށް ފައިސާ ދެއެވެ، އެހެން ނަމަވެސް އޭގެ ތެރެއިން %37 މީހުންގެ ފަރާތުން އެ ފައިސާތަށް އަބުރާ ނުލިބެއެވެ. އަދި މިކަމުގެ ސަބަބުން %21 އިންސައްތަ މީހުންގެ އެކުވެރިކަން ނުވަތަ އާއިލީ ގުޅުން ވަނީ ކެނޑިފައެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

ތަޖުރިބާކާރުން ބުނާގޮތުގައި ރައްޓެހިންނާއި ގާތްތިމާގެ މީހުންނަށް ފަހުންދޭގޮތަށް ފައިސާ ދިނުމުގެ ބަދަލުގައި، ތިމާއަށް ގެއްލުން ނުވާވަރެއްގެ އެހީއެއް، ހަދިޔާއެއްގެ ގޮތުގައި ދިނުމަކީ ،މިކަމުގައި އޮތް އެންމެ ރަނގަޅުގޮތެވެ.