ޖަހާމުގުރި ޖޫހުގެ ފައިދާ އިގޭތަ!


ޖަހާ މުގިރި ޖޫސް

ހުޅުމާލޭގައި ހުރި ރެސްޓޯރެންޓެއްގެ މެނޫގައި، ތާޒާ ޖޫހުގެ ގޮތުގައި، ލިބެންހުރި ޖޫސްތަކުގެ ތެރޭގައިބެއެލް ފުރުޓް ޖޫސްކިޔާ ޖޫހެއް ވެސް ލިބެންހުއްޓެވެ.މިއީ ކޮންކަހަލަ މޭވާއެއް ތޯ، އެތަނުގެ އިސްމީހަކާއި ސުވާލް ކޮއްލީމެވެ. އެނާ ބުނިގޮތުގައި އެއީ ލަންކާއިން ގެނެސްފައިވާ ވަރަށް ހަށިގަނޑަށް ފައިދާ ހުރި މޭވާއެއް ކަމަށެވެ. ކޮންމެ އަކަސް މި މޭވައިން ތައްޔާރުކުރި ޖޫހުގެ އަޖުމަ ބަލައިފީމެވެ. މިޖޫހުގައި ދެނީ، އަތަ ޖޫހުގައި ދޭފަދަ ރަހައެކެވެ.

ގެއަށް އައިސް ކުޑަކޮށް މިމޭވާ އާއި ބެހޭގޮތުން ހޯދުންތަކެއް ހޯދާލިއިރު، މި މޭވާ އަށް ދިވެހިން ކިޔަނީ “ޖަހާމުގުރި” އެވެ. ކުރިން އަހަންނަކަށް އެއީ މޭވާއަކަށް ކިޔާ ނަމެއް ކަމެއް ނޭގެއެވެ. އެހެން ނަމަވެސް ހިސާބު ގަނޑުގައި ހުންނަ ގެއަކަށް އެނަން ކިޔާތީވެ، ” ޖަހާމުގުރި” އަކީ އަހަންނަށް އެހާ ބީރައްޓެހި ނަމަކަށް ނުވިއެވެ. އެހެން ނަމަވެސް މައޫލޫމަތު ގެ ކޮށިކަމުން ކުރިން އެއީ މޭވާއެއް ކަމެއް ނޭގެއެވެ. ސިފަ ވެފައިވަނީ މީހުންގެ ގައިގާ ތަޅަން ގެންގުޅޭ މުގުރެއް ކަމަށެވެ.

ޖަހާމުގުރި ޖޫހުގެ ސިއްޙީ ބައެއް ފައިދާތަކަށް ބަލާލާއިރު، މި ޖޫސް ބުއިމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ކޮލިސްޓްރޯލް،ހަކުރުބަލި  އަދި ގޭސްޓްރިކްގެ ކަންތަކަށް ލުއެއް ލިބިގެން ދާކަމަށް ވެއެވެ. މީގެ އިތުރުންވެސް ޔޫރިން އިންފެކްޝަނަށް ލުއެއް ލިބުން ފަދަ އެތަކެއް ސިއްހީ ފައިދާތަކެއް މިޖޫހުން ލިއްބައިދެއެވެ.