މުސީބާތުގެ ވަގުތުގައި ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ – ހުކުރު ޙުތުބާ


photo credit : AVAS

ފޮޓޯ : އަވަސް

މުސީބާތުގެ ވަގުތުގައި ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ގޮވާލައްވައިފިއެވެ.

މިގޮތުން މިއަދުގެ ހުކުރު ޙުތުބާގައި މުސްލިމުންނަކީ ބަލިމަޑުކަމާއި، މުޞީބާތުގެ ވަގުތުގައި، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ބަޔަކު ކަމުގައި ވާން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ކުރިމަތިވެފައިވާ( ކޮވިޑް19އިގެ) މުޞީބާތުން ރައްކާތެރި ކޮށްދެއްވުން އެދި ދުޢާ ކުރުމާ އެކު ސަބަބުތަކުގެ ހިފައި، ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެއެވެ ” ޙުތުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޙުތުބާ ނިންމަވާ ލެއްވީ ކޮރޯނާ ވައިރަހާއި، ނުރައްކާތެރި އެންމެހައި ބަލިތަކުން ދިވެހި ރާއްޖެ އާއި އެންމެހާއި މީސްތަކުން ރައްކާތެރި ކުރެއްވުމަށް ދުޢާ ކުރައްވަމުންނެވެ.