Dharumavantha Hospital ge ICU Gaadakah Othee Full vefa!


big_mpnxie9uoyx7gyzbpnk6oxk1lކޮވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ފުރިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި މިވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، އައިސީޔޫގައިވެސް މިވަގުތު ޖުމްލަ ނުވަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް ހުރި މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް މަދުކަމަށެވެ. އެގޮތުން މިހާރުވެސް 200 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން ހަ މީހަކު މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

“ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް” ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކޮވިޑްގެ ބަލީގެ ނުރައްކާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، މިއަދު އެކަނިވެސް 601 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.

Covid19 gai Raajjein 112 vana Meehaku Niyaavejjeh


viber_image_2021-05-19_22-23-40ކޮވިޑް-19 ބަލީގައި ރާއްޖެއިން 112 މީހަކު ނިޔާވެއްޖެ – ފޮޓޯ : އަން އޮންލައިން

އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެނދުމަތިކުރެވިފައިވާ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މި އަންހެންމީހާ ނިޔާވިކަމަށް ނިންމާފައިވަނީ މިއަދު ހެނދުނު 08:30ގައެވެ.

މިއީ މިބަލި ޖެހިގެން ރާއްޖޭއިން ނިޔާވި 112 ވަނަ މީހާއެވެ.ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.އެގޮތުން މިއަދު އެކަނިވެސް މިބަލި ޖެހިގެން ޖުމުލަ ހަތް މީހަކު ވަނީ ނިޔާވެފައެވެ

Gdh.Atoll ah PCR Machineh Hoadhumah Mashvaraa Kohffi !


61040830_592889264550387_7849823907702898688_nކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގަެ ހާލަތު ގޯސްވަމުންދާއިރު، ބަލިމީހުންނަށް ފަރުވާދޭނެ މެޝިނެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މަޑަވެލީ ދާއިރާގެ މްނަބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުުވީ ގދ. އަތޮޅުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެއަތޮޅުގައި ކޮވިޑް މެނޭޖް ކުރުމަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް ގޮންޖެހުމަކީ ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ގދ އަތޮޅުގައި ގާއިމު ވެފައި ނެތުން ކަމަށެވެ.

އެގޮތުން ޕީސީއާރު ޓެސްޓު ހެދޭނެ މެޝިންތަކެއް ހޯދުމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމު އާއި މަޝްވަރާކޮށްފައިވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

އަދި އެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށްޓަކައި މިހާރު މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމްއާ މަޝްވަރާކުރެވިފައިވާ ކަމަށާއި ގދ އަތޮޅަށް ދާދި އަވަހަށް ޕީސީއާރް މެޝިނެއް ހަމަޖައްސަވައިދެއްވާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވެފައިވާ ކަމަށްވެސް ފިރުޝާންގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ފިރުޝާން ވަނީ މިކަމަށްޓަކައި ހެލްތު މިނިސްޓަރ ނަސީމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙަށް ގދ އަތޮޅުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.