Photo Story – Fuvahmulah

Image


ފޮޓޯ ސްޓޯރީ – ފުވައްމުލައް ސިޓީ

 

ރާއްޖޭގެ އެހެން ރަށްތަކާއި،އަތޮޅުތަަކާއި ހިލާފަތް ފުވައްމުލަކަކީ މާސިންގާ ކަނޑުގައި އެކަހެރިކޮށް، ކައިރީގައި އެހެން ރަށެއް، ނުވަތަ ފަޅެއް ނޯންނަށް ހަމައެކަނި ރަށެވެ. ފުވައްމުލަކާއި އެންމެ ކައިރީގައި އޮންނަނީ ،47.4 ކިލޯމީޓަރު ދުރުގައި އޮންނަ އަވައްޓެރި އައްޑޫ ސިޓީއެވެ.

img_3149_originalފުވައްމުލަކު ތުޑީގައި ކުދިންތަކެއް މަޖާކޮށްލަނީ، ދުނިޔޭގެ  ފޮރުވިފައިވާ އެންމެ ރީތީ ގޮޑުދޮށްތަކުގެ ތެރޭގައި ފުވައްމުލަކުގެ ތުޑި ހިމެނޭ – ފޮޓޯ : ޞާއިމް މޫސާ

img_1471ފުވައްމުލަކު ތުޑި ސަރަހައްދުގައި ކުދިންތަކެއް، ފުޓްބޯޅަ ކުޅެނީ، މިއީ އާންމުކޮށް އާއިލާ އާއި ގާތްތިމާގެ މީހުންނާއި އެކު ޕިކްނިކް ގޮސް އުޅޭ ސަހަރައްދެ – ފޮޓޯ : ޞާއިމް މޫސާ

20130712_175330ފުވައްމުލަކު ބަނދަރު – ފުވައްމުލަކު ބަނދުރު ހެދުމުގެ  ކުރިން ފުވައްމުލަކު ރައްޔިތުން، ލަފާ ފުރުމުގައި ވަނީ ހިތްދަތި ތަޖުރިބާތަކެއްކޮށް، އެތައްބައެއްގެ  ފުރާނަ ގޮސްފައި – ފޮޓޯ ޞާއިމް މޫސާ

2e64293d-36c8-43b9-8533-3d979ec22c81ކުޅިއަކީ ފުވައްމުލަކަށް ޒިޔާރަތްކުރާ މީހުން ކޮންމެހެން ބަލާލަން ބޭނުންވާ ތަނެއް، އަދި ރަށުގެ ރައްޔިތުން ފަޚުރެއް ކަމުގައި ދެކޭ ތަނެއް –ފޮޓޯ: ޞާއިމް މޫސާ