Madhu Bayakaai eku PPM in Magumatheegai mi kuranee Konkameh !


 

ނިމިދިޔަ ރިޔާސީ އިންތިހާބު ގަޑު ބަޑު ކުރުމަށް ވެރިކަން ކުރައްވަ ޕާޓި  ޕީޕީއެމް އިން މޮޅެތި އުކުޅުތަށް ރޭވިއެވެ. އެހެން ނަމަވެސް މާތްﷲ ގެ އިރާދަފުޅާއި މިންވަރު ފުޅުން މިހުރިހާ ކަމެއް ދިޔައީ ޗޮކުންނެވެ.  އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމީނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނިއެވެ. ހުދު އެމަނިކުފާނު ވެސް މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ ނިންމުން ޤަބޫލު ކުރެއްވިއެވެ.

އެހެން ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލް ކުރެއްވި ކަން އިއުލާން ކުރެއްވީތާ  ދެތިން ދުވަސް  ފަހުން ވޯޓުގެ ނަތީޖާ  ގާބޫލު ނުކުރައްވާ ކަމަށް ބުނެ، އެކަމާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް ރައީސް ޔަމީން ގޮވާލެއްވިއެވެ.

ހަގިގަތަކީ ވޯޓު އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކަށް ހަނި ފުރުސަތެއް ވެސް ނެތްކަމެވެ. އިލެކްޝަން  ކޮމިޝަނަށް އައްޔަން ކޮށްފައި ވެސް ތިއްބެވީ  ޕީޕީއެމް އިން ބުނުންވާ މީހުންނެވެ.  ނަތިޖާ ބޭނުންވާ ގޮތަށް ނުނިކުތީމައި، އެ ކޮމިޝަންވެސް މިހާރު  ގޯސް ވެއްޖެއެވެ. އެމްޑިޕީއަށް  ފުއާދު ތައުފީޤް އޮކޭ ވީގޮތަށް ޕީޕީއެމް އަށް ތިމަރަފުށި ޝާރީފް އޮކޭވާނެ  ބުނި މީހުންނަށް މިއަދު ޝަރީފް  އޮކޭއެއް ނުވިއެވެ.

“އޮޅުވަލި ވޯޓު ” ގެ ނަމުގައި މަދު ބަޔަކާއި އެކު މިކުރާ ސިލްސިލާ މުޒާހަރާ، މާފު ކުރައްވާތި އެބޭފުޅުންގެ ބަހުން ނަމަ މައުލޫމާތު ދެއްވުމުގެ ޕްރޮގުރާމް ތަށް މި ބާއްވަނީ ފަހަރުގައިވެސް  ވޯޓު އޮޅުވާލައިގެނެއް ނޫނެވެ. މި އުޅެނީ މޮޅު އެއްޗެކޭ ކިޔައިގެން ، އިރިހުގައި ތިބި މަދު ސަޕޯޓަރުން ކޮޅުވެސް ހިފަހައްޓާލެވޭތޯއެވެ.

އެހެން ނަމަވެސް އެކަންވެސް އެންމެ އެދެވޭ ގޮތަކަށް ކުރިޔަށް ދާތަނެއް ނުފެނެއެވެ. ދުވަހަކަށް ވުރެ ދުވަހަކަށް  އެއްވާ މީހުންގެ އަދަދުވެސް ދަނީ މަދުވަމުންނެވެ.

އެހެން ދެއްތޯ ވަނީވެސް، އެއްވެސް އިރެއްގައި  މުއްދަތު ހަމަވެފައިވާ ޕްރޮޑަކްޓެއް ބޭނުންކުރުމަކީ  ރަނގަޅުކަމެއް ނޫނެވެ.  އެންމެންވެސް ބޭނުންވްނީ މުއްދަތު ހަމަ ނުވާ ކޮލެޓީ ޕްރޮޑެކްޓެވެ.

 

 

Advertisements