Raees Mamuoon Ger verikamah vure mihaaruge Kankan Rangalhu vaan jeheyne – Yumna


yum

ރައީސް މައުމޫންގެ ވެރިކަމަށް ވުރެ  މިހާރުގެ ކަންކަން ރަނގަޅު ވާންޖެހޭނެކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ ޓިވީޓާރގައި އެ ކަމަނާއަށް އަށް ރައްދުދެއްވައި މިހާކު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވިޓެއްގައި އެވެ.

” ކީއްވެ ؟ ކުޑައިރު  ބައްޕާފުޅަށް މަރުހަބާ ދެންނެވުމަށް ގަދަ އަވީގައި ކުޑަކުދިން ބެހެއްޓުމާއި ދެކޮޅަށް އަގަހުޅުވާ ވާހަކަ ނުދެއްކެވީ ؟ ” ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ކުރުވުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކުރެއްވައި ޔުމްނާ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި މުނާޖީ ކިޔާ ޓުވިޓަރ އެކައުންޓަކުން  ކުރި ޓުވިޓެއްގައި ވެއެވެ.

މުނާޖީގެ ޓުވީޓަށް ރައްދުދެއްވައި ޔުމްނާ ވިދާޅުވީ ” އޭރުގެ ކަންކަމަށް ވުރެ މިހާރުގެ ކަންކަން ރަނގަޅު ވަންވަނެ ދެއްތޯ ؟” މިހެންނެވެ.

ޔުމުނާގެ މި ޓުވީޓްއާއި އެކު ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ ޔުމްނާއަށް ރައްދުދެއްވައި ޓުވީޓް ކުރެއްވި ފަރާތަށެވެ.

ރައްދުދެއްވި ބައެއް  މީހުން ބުނެފައިވާ ގޮތުގައި  އެރާއި މިހާރާއި އަޅާނުކިޔެނެ ކަމަށާއި، އޭރުގެ މީހުންގެ ވިސްނުމާއި މިހާރުގެ މީހުންގެ ވިސްނުންވެސް ތަފާތު ކަމަށެވެ.މާޒި ފަހައި ދުވެގެން އެއްވެސް މޮޅެއް އެކަކަށްވެސް ނެތް ކަމަށެވެ.

ރައީސް މައުމޫންގެ އިސްނެންގެވުމަށް  ޤަނޫނު އަސާސި އިސްލާޙްކޮށް މިއަދު މިދެކޭ ބަދަލު މި  ޤައުމަށް ގެނެސްފައިވަނީ މަޒީގެ ކަންތައް  ކަމު ނުގޮަސްގެން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

 

Advertisements